ޚަބަރު
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު
ކަނޑާއި ވައި ގަދަ ދުވަހެއް--
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން އދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައި ވަނީ، މިއަދު 7:30 އިން 11:30އަށެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިމަހުގެ 11،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.
Alert Yellow for torrential rain and thunderstorms with gusts of 45 mph. pic.twitter.com/j044wdhRZu
— Maldives Meteorology (@MetMaldives) September 12, 2026
ރާއްޖެ ސަރަޙައްދަށް މިހާރު ކުރިމަތިވެފައިވާ ވިއްސާރައިގެ އަސަރު މި ހިނގާ މަހުގެ 11، 12 އަދި 13 ވަނަ ދުވަހު ވެސް މުޅި ރާއްޖޭގެ ގިނަ ހިސާބުތަކަށް ކުރާނެ ކަމަށް ލަފާކުރެވިފައިވެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ. އެ އިދާރާގެ ބަޔާނުގައި ވާގޮތުން، މި ދުވަސްވަރު ހުޅަނގު މޫސުމުގެ ބާރު ގަދަވެ ރާއްޖެ ވަށައިގެން ބޯ ވިއްސާރަ ވިލާތައް އުފެދުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.
މިއަދުގެ މޫސުމީ ޙާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވެއެވެ. އަދި ވެރިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ ޙަރަކާތްތައް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރުވެސް ދަނީ ހިންގަމުންނެވެ.
މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމުގައިވާ ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީ ފޭދޫގެ ގިނަ ގޭބިސީތަކަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މޫސުން ގޯސްވެ ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.