Ads by Farudhun

ޚަބަރު

ށ އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު

ށ އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު

މާލޭ ސިޓީ ކައުންސިލުން ވެލިބަސްތާ ތައްޔާރުކުރަނީ ފޮޓޯ:ސިޓީ ކައުންސިލް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 ސެޕްޓެމްބަރު 2026، 12:24

12 ސެޕްޓެމްބަރު 2026، 12:24

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވިދާޅުވެއްޖެއެވެ.

ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށް އެ އިދާރާއިން މި އެލާޓު ނެރެފައި ވަނީ މިއަދުގެ 11:30 އިން 16:30އަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިމަހުގެ 11،12 އަދި 13ވަނަ ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅަނގުމޫސުމުގެ ވިއްސާރައާއި ގުޅިގެން ރާއްޖެ ސަރަޙައްދުގައި ގިނަ އަދަދަކަށް ވިއްސާރަވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑުކަމަށެވެ.




މިއަދުގެ މޫސުމީ ޙާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބެލެވެއެވެ. އަދި ވެރިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ ޙަރަކާތްތައް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިހާރުވެސް ދަނީ ހިންގަމުންނެވެ.

މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމުގައިވާ ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. ވަކިން ޚާއްޞަކޮށް އައްޑޫ ސިޓީ ފޭދޫގެ ގިނަ ގޭބިސީތަކަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މޫސުން ގޯސްވެ ވިލާގަނޑުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުންނާއި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450