Ads by Farudhun

ޚަބަރު

ދިފާއީ އެއްބާރުލުން އިތުރުކުރަން އިނގިރޭސިވިލާތާއެކު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދިފާއީ އެއްބާރުލުން އިތުރުކުރަން އިނގިރޭސިވިލާތާއެކު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ ދިފާއީ ވަޒީރު ހަސަން ރަޝީދުގެ އަރިހަށް ކުރެއްވި ޒިޔާރަތް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2026، 12:26

12 ސެޕްޓެމްބަރު 2026، 12:26

ދިވެހިރާއްޖެއިން އިނގިރޭސިވިލާތާ ގުޅިގެން ދިފާއީ ދާއިރާއިން ހާސިލްކުރެވިދާނެ ކަންކަމާއި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ހާލިދު، ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ ތެރެއިން، ހާއްސަކޮށް ދިފާއީ ދާއިރާއިން އިތުރަށް ހާސިލްކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ. އަދި ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450