Ads by Farudhun

ޚަބަރު

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

މިނިސްޜަރު ޑރ ޝަފީއު އަދި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

12 ސެޕްޓެމްބަރު 2026، 06:13

12 ސެޕްޓެމްބަރު 2026، 06:13

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް 2026" ގެ ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސެޕްޓެމްބަރ 12 އިން 13 އަށް ކުރިއަށްގެންދާ މި ކޮންފަރެންސަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މުދައްރިސުންނާއި، ތަޢުލީމީ މާހިރުންގެ މެދުގައި އިލްމީ ދިރާސާތައް ކުރުމުގެ ޝައުޤުވެރިކަން އިތުރުކޮށް، ތަޢުލީމީ ގޮތުން ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޮންފަރެންސެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އުނގަންނައިދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގެ ސަބަބުން ދިވެހި މުދައްރިސުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާތަކާއި ހުނަރުތައް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޢުލީމީ ދާއިރާގެ ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވެ، ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އައު އީޖާދުތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާސްތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450