Ads by Farudhun

ޚަބަރު

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

ޒުވާން ޚަޠީބުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 12:17

13 ސެޕްޓެމްބަރު 2026، 12:17

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ރަސްމީކޮށް ފަށައިފިއެވެ.

 މި މަހާސިންތާއަކީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅުވައިގެން، ކުރިއަށް އޮތް ޖީލުތަކުގައި އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާން ޚަޠީބުންނަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވެއެވެ. މި މަހާސިންތާ ނިމުމަށްފަހު، ހުޅުމާލޭގައި އަލަށް ބިނާކުރާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް މި ޒުވާން ޚަޠީބުން ރަސްމީ ހައިސިއްޔަތުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގެ އެކި ރަށްރަށުގައި ޚަޠީބުންނަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، މި ދާއިރާއިން ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އަމާޒުކުރެވެނީ ގްރޭޑް 10، 11 އަދި 12 ގެ ދަރިވަރުންނަށާއި، ސްކޫލް ތައުލީމު ނިންމާފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ފަސް ބުރެއް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާއިރު، ޖުމްލަ 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، މި ފަސް އަހަރުގެ ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ޒުވާން ޚަޠީބުން ތަމްރީނުކޮށް ގައުމީ ހިދުމަތަށް ނެރުމަކީ އެ ވުޒާރާގެ މުހިންމު އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450