Ads by Farudhun

ޚަބަރު

"ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު 6 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގެ އިތުރު 6 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ބައްދަލުވުންތަކެއް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 03:13

13 ސެޕްޓެމްބަރު 2026، 03:13

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ އިތުރު ހަ ދާއިރާއަކަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން މިފަހަރުގެ ބައްދަލުވުމަށް ފުރުސަތު ހުޅުވާލާފައިވަނީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލައިފައެވެ. އެގޮތުން، ރައީސް އޮފީހުގެ ހާއްސަ ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 12:00 އެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލާއި އިތުރު ތަފްސީލުތައް އެ އޮފީހުގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ރައްޔިތުންގެ އަޑު" ސިލްސިލާއަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ހިޔާލުތަކާއި އަދި އެދުންތައް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450