Ads by Farudhun

ޚަބަރު

ސައުދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސައުދީ ފަންޑުގެ ސީއީއޯ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ރަައީސްގެ އަރިހުގައި. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 05:17

13 ސެޕްޓެމްބަރު 2026، 05:17

ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ދިވެހިރާއްޖެ ވަޑައިގެންފިއެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ވަޑައިގެންފައިވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ. އަދި މި ދަތުރުފުޅުގައި ކުރިއަށް ހުރި ދުވަސްތަކުގައި ރަސްމީ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެއަށް ވަޑައިގެންފައިވެއެވެ. އަދި ސައުދީ ފަންޑުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވާފައިވާ އަގުހުރި އެހީތަކުގެ އަގުވަޒަންކޮށް، ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.

ސައުދީ ފަންޑަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެކި މަސައްކަތްތަކުގައި މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މުހިންމު ބައިވެރިއެކެވެ. މިގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަޢޫދީ ފަންޑުގެ އެހީގައި 40 އަށް ވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450