Ads by Exprox

ޚަބަރު

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ދެނަމެއް ހުށަހަޅައިފި!

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން ދެނަމެއް ހުށަހަޅައިފި!

ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ:އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 09:18

05 ސެޕްޓެމްބަރު 2024، 09:18

ބޭންކް އޮފް މޯލްޑިވްސްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަނު ކުރުމަށް އެ ދެބޭފުޅުން ގެ ނަން ސަރުކާރުން ހުށަހަޅައިފިއެވެ.

ބޯޑުގެ ހުސްކޮށް ހުރި މަޤާމުތަކަށް އައްޔަނުކުރަން ސަރުކާރުން މުހައްމަދު ޝާހިދު އާއި އަލީ އިރުފާނުގެ ނަން ފޮނުވާފައިވާކަން ބީއެމްއެލް އިން ކުރި އިޢުލާނެއްގައި ވަނީ ހާމަކޮށްފައެވެ.

މި ދެބޭފުޅުންގެ ތެރެއިން މުހައްމަދު ޝާހިދަކީ، މޯލްޑިވްސް ޕެންޝަން އޮފީހުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީރާގައި އެކި ޑިޕާޓްމަންޓްތަކުގެ ޑިރެކްޓާ ޖެނެރަލް ފަދަ އިސް މަޤާމުތައް އަދާކުރައްވާފައެވެ.

އަލީ އިރުފާން، ވަނީ މީގެ ކުރިން މާލީ ދާއިރާގެ ތަފާތު މަޤާމުތައް ފުރުއްވާފައެވެ. އޭނާ އަކީ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ.

ބީއެމްއެލްގެ ބޯޑަށް ބަދަލު ގެނައުމަށް މި މަހުގެ 21 ވަނަ ދުވަހު ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.


 

 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco