Ads by Farudhun

ޚަބަރު

މާލެ އަތޮޅުގެ ރަށްތަކުގައި ނަސޭހަތުގެ ބޯޑުތައް ހަރުކުރަން ފަށައިފި

މާލެ އަތޮޅުގެ ރަށްތަކުގައި ނަސޭހަތުގެ ބޯޑުތައް ހަރުކުރަން ފަށައިފި

ދީނީ ޝިއާރުތައް ޕްރޮމޯޓުކުރާ ބޯޑު ހަރުކުރުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2026، 07:35

13 ސެޕްޓެމްބަރު 2026، 07:35

ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ދީނީ ޝިއާރުތަކާއި ނަސޭހަތުގެ ބޯޑުތައް ހަރުކުރުމަށް ސަރުކާރުން ފަށާފައިވާ ގައުމީ މަޝްރޫއުގެ ދަށުން، މާލެ އަތޮޅުގެ ރަށްތަކުގައި އެފަދަ ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު ވަނީ ބޯޑުތައް ފޮނުވާ ނިމިފައެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިހާރު ދަނީ ބޯޑުތައް އާންމު ސަރަހައްދުތަކުގައި ހަރުކުރުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކާއި އާންމު ސަރަހައްދުތަކުގައި ޒިކުރާއި ނަސޭހަތުގެ ބޯޑުތައް ބެހެއްޓުމުގެ މި ބޮޑު މަޝްރޫއު އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ހުރިހާ ސަރަހައްދެއްގައި މައި ހުރިހާ މަގެއްގައި އިރާދަކުރެއްވިއްޔާ ޒިކުރު ބޯޑުތައް ނަސޭހަތު ބޯޑުތައް ބަހައްޓާނަން،" ކަމަށެވެ.

ދީނީ ޝިއާރުތައް ޕްރޮމޯޓުކުރާ ބޯޑު ހަރުކުރުން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދައުލަތުގެ ބަޖެޓުގެ އިތުރުން އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، ދީނީ ކަންކަމަށް މީހުންގެ ހިތްތަކުގައި ލޯބިޖެއްސުމާއި، ހެޔޮކަންކަން އަބަދުވެސް ހަނދާންކޮށްދިނުމެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޯޑުތަކުގެ ސަބަބުން މުޖުތަމައުގެ އަޚުލާގާއި ސުލޫކު ރަނގަޅު މަގަށް އެޅުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މީގެ އިތުރުން، ދިވެހި މުޖުތަމައުގައި އިސްލާމީ ރޫހާއި ރިވެތި އާދަތައް ދެމެހެއްޓުމަށްޓަކައި، ގައުމީ ފެންވަރުގައި އެކަކު އަނެކަކަށް އިހުތިރާމު އަދާކުރުމުގެ ބޮޑު ޕްރޮގްރާމެއް ހިންގުމަށްވެސް ސަރުކާރުން ވަނީ ރާވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450