Ads by Farudhun

ޚަބަރު

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއެކު ފެރިދޫގައި ޚަޠީބަކު ނެތް މައްސަލައަށް ދާއިމީ ޙައްލެއް

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއެކު ފެރިދޫގައި ޚަޠީބަކު ނެތް މައްސަލައަށް ދާއިމީ ޙައްލެއް

ފެރިދޫގައި ޒުވާން ހަތީބުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމް---

farudhun logo

ފަރުދުން

13 ސެޕްޓެމްބަރު 2026، 10:25

13 ސެޕްޓެމްބަރު 2026، 10:25

އއ. ފެރިދޫގައި ދިމާވެފައި އޮތް ޚަޠީބުންނާއި އިމާމުން ނެތުމުގެ ދަތިކަމަށް، ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ސަބަބުން ބޮޑު ހައްލެއް ލިބިއްޖެއެވެ.

މި މައްސަލައިގެ ސަބަބުން މީގެ ކުރިން ދިމާވި ދަތިތަކާ ގުޅޭގޮތުން ފެރިދޫ ކައުންސިލްގެ ކުރީގެ މެންބަރަކު ވިދާޅުވީ، ކޮންމެ ނަމާދު ވަގުތެއްގައި ވެސް ބަންގިގޮވާނެ މީހަކު ހުންނާނެތޯ ނުވަތަ ނޫންތޯ މިއީ ކުރިން ވަރަށް ބޮޑު ބިރުވެރިކަމެއް އޮތް ކަމެއް ކަމަށެވެ. އަދި ބަންގި ގޮވުމާއި އިމާމުވެ ނަމާދު ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހުނީ އެކި މީހުން ކައިރީ އާދޭސްކޮށްގެން ކަހަލަ ގޮތަކަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މީގެއިތުރުން އެ ރަށުގައި އިމާމުންނާއި ޚަޠީބުން ނެތުމުގެ ސަބަބުން ހުކުރު ކުރުމަށާއި އެހެނިހެން ދީނީ ކަންކަމަށް ޚަޠީބުން ގެންނަން ޖެހިފައި އޮތީ ރަށުން ބޭރުންނެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން ފެރިދޫން ވަނީ 4 ކުއްޖަކު ތަމްރީނުކޮށްފައެވެ.

ފެރިދޫ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި މައްސަލަ ހައްލުކުރުމުގައި އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނެވެ. އެގޮތުން އެ ރަށަށް ތިން އުސްތާޒަކު ފޮނުއްވައިގެން، އެ ކުދިންގެ ތަމްރީނުތައް ފުރިހަމަކުރުމަށް އެހީތެރިވެދެއްވާފައިވާ ކަމަށާއި، މިހާރު އެ ކުދިންނަކީ ސެޓްފިކެޓް ލިބިފައިވާ ފެންވަރު ރަނގަޅު މުދިމުން ކަމަށް ކައުންސިލުން ބުންޏެވެ.

މި ތަމްރީނުގައި ބައިވެރިވެ ޚަޠީބުކަމުގެ ސަނަދު ހާސިލްކުރި ޒުވާނަކު ބުނީ، އެ ކުދިންގެ އެންމެ ބޮޑު އަމާޒަކީ ރަށުގައި ޚަޠީބަކު ނެތިގެން ދިމާވި ދަތި އުނދަގޫ މައްސަލަ ދެން ދުވަހަކުވެސް ތަކުރާރު ވިޔަނުދިނުން ކަމަށެވެ. އަދި ރަށުގެ މިސްކިތްތައް ފަޅުނުވެ، ނަމާދުތައް ގަޑިން ގަޑިއަށް ކުރިއަށް ގެންދިއުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދިނެވެ.

ރަށުގެ ޒުވާން ދަރިންތަކެއް މި މުހިންމު ދީނީ ޚިދުމަތަށް ތަމްރީނުވެ، ޚަޠީބުކަމުގެ މަޤާމާ ހަވާލުވުމާ ގުޅިގެން އެ ކުދިންގެ މައިންބަފައިންނާއި ފެރިދޫގެ އެންމެހާ ރައްޔިތުން ތިބީ އިންތިހާއަށް އުފަލުންނެވެ. މިއީ މުޅި ރަށަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމުގައި ރައްޔިތުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450