Ads by Farudhun

ޚަބަރު

ރާއްޖޭގެ އިމާމުންނަށް ޚާއްސަ ޑްރެސްކޯޑެއް ތައްޔާރުކުރަނީ

ރާއްޖޭގެ އިމާމުންނަށް ޚާއްސަ ޑްރެސްކޯޑެއް ތައްޔާރުކުރަނީ

ޒުވާން ޚަޠީބުންގެ މަހާސިންތާގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 12:29

14 ސެޕްޓެމްބަރު 2026، 12:29

ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންނާއި، އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދު ކުރައްވާ ވަގުތުތަކުގައި ތުރުކުރައްވާނެ ހާއްސަ ޑްރެސް ކޯޑެއް ތައްޔާރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، އިމާމުންނަށް ހާއްސަކޮށް ތައްޔާރުކުރާ މި ޑްރެސް ކޯޑުގައި ތާކިހާކޮޅުވެސް ހިމެނޭނެއެވެ. އަދި މި ޑްރެސް ކޯޑު ފަރުމާ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށް ވުޒާރާއިން މިހާރު ވަނީ ނިންމާފައެވެ.

އިމާމުންގެ ދައުރު ފުޅާކޮށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވި ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ބައިވެރިވެފައިވެއެވެ.

ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން، މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ. މިއީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގްރޭޑް 10، 11، 12 ގެ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ކާމިޔާބު ޕްރޮގްރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، އިމާމުންގެ ޑްރެސް ކޯޑު ތައާރަފުކުރުމާއި ޒުވާން ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މިސްކިތްތަކުގެ ހައިބަތު ބޮޑުކޮށް، ދީނީ ދަޢުވަތުގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނުވައިދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450