Ads by Farudhun

ޚަބަރު

74 ކުންފުންޏެއްގެ 165 މަންދޫބުންނާއެކު އޭޓީއެމް ފެއާ ފަށައިފި

74 ކުންފުންޏެއްގެ 165 މަންދޫބުންނާއެކު އޭޓީއެމް ފެއާ ފަށައިފި

އޭޓީއެމް ފެއާ. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 02:26

14 ސެޕްޓެމްބަރު 2026، 02:26

މެދުއިރުމަތީގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ، އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގައި ވިޒިޓް މޯލްޑިވްސް އިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރަން ފަށައިފިއެވެ.

 ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދާ މި ފެއާ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ އޭޓީއެމް ފެއާގައި ވިޒިޓް މޯލްޑިވްސްއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު 74 ކުންފުންޏެއްގެ 165 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

އޭޓީއެމް ފެއާގައި ރާއްޖެ ތަމްސީލުކުރުމަށް 517 އަކަފޫޓުގެ ބޮޑު ސްޓޭންޑެއް ވަނީ ތައްޔާރުކޮށްފައެވެ. ހަތަރު ފަރާތުން ވަދެވޭގޮތަށް ފަރުމާކޮށްފައިވާ މި ޑަބަލް ޑެކް ސްޓޭންޑް ތައްޔާރުކޮށްފައިވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ކަނޑުއަޑީގެ ރީތި ފަރުތަކާއި، ދިރުންތަކުގެ ރީތިކަން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނެފަދަ ގޮތަކަށެވެ. މީގެއިތުރުން ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިން އާންމުކޮށް ކައިއުޅޭ ލުއި ކާނާ ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެއާގެ ތެރެއިން ގިނަ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މުހިންމު ކަންތައްތަކެއް އިޝްތިހާރުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޤަތަރު އެއަރވޭސްއާއި، އެމިރޭޓްސްގެ އިތުރުން މެދުއިރުމަތީގެ އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރ ޑިނާޓާއާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.

މީގެއިތުރުން މިއަހަރުގެ ފެއާގައި ރާއްޖެއިން ބީ2ބީ ބައްދަލުވުންތައް ބޭއްވުމަށް ޚާއްސަ އިސްކަމެއް ދީފައިވާއިރު، ސްޓޭންޑުގެ ދެ ފަންގިފިލާގައިވެސް މިފަދަ ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ފައިދާހުރިގޮތެއްގައި ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450