Ads by Farudhun

ޚަބަރު

މި ސަރުކާރު ފެށުނުއިރު، ކަޅު ބާޒާރުގައި ޑޮލަރު ރޭޓް ހުރި ވަރަށް ވުރެ ވެސް ދަށްވެއްޖެ: ވަޒީރު ސަޢީދު

މި ސަރުކާރު ފެށުނުއިރު، ކަޅު ބާޒާރުގައި ޑޮލަރު ރޭޓް ހުރި ވަރަށް ވުރެ ވެސް ދަށްވެއްޖެ: ވަޒީރު ސަޢީދު

ވަޒީރު ސަޢީދު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 02:28

14 ސެޕްޓެމްބަރު 2026، 02:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ހުރި މިންވަރަށް ވުރެ ވެސް ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރުގައި އާޓިފިޝަލީ މެނިޕިއުލޭޓްކޮށްގެން ޑޮލަރު ވިއްކަމުންދާ މައްސަލަ މީގެކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މީގެކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައުލޫމާތުތަކަށް ބަލާއިރު ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ހުރީ ރަސްމީ ރޭޓުގައެއް ނޫނެވެ. ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ.

މިނިސްޓަރު ވިދާޅުވީ، ބްލެކް މާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިހާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތަށް ބަލާއިރު، ސަރުކާރު ހަވާލުވި އިރުގައި ހުރި ރޭޓަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެނީ. މާނައަކީ ކުުރީގެ ނިމިދިޔަ ސަރުކާރުން އެއީ 17 ނޮވެމްބަރު 2023 އައިއިރު ހުރިއިރުގައި ހުރި ރޭޓް ސްލައިޓްލީ އެ ބޭންޑުގައި ހުރި ކަމަށް މައުލޫމާތު ލިބެނީ،"

މިނިސްޓަރު ސައީދު ވިދާޅުވިއެވެ.


 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450