Ads by Farudhun

ޚަބަރު

ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް ލިބިއްޖެ

ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން ޑޮލަރުގެ ޢާމްދަނީއެއް ލިބިއްޖެ

ބަންކަރިން. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 03:37

14 ސެޕްޓެމްބަރު 2026، 03:37

ރާއްޖޭގައި އަލަށް ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިޔަން އެމެރިކާ ޑޮލަރުގެ ޢާމްދަނީއެއް ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއީ މީގެ ކުރިން ރާއްޖެއަށް ލިބެމުން އައި ރެވެނިއުއެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި މި އާމްދަނީ މިއަށްވުރެ އިތުރަށް މަތިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ސަރުކާރުގެ ތެރެއިން ކުރެވެމުންދަ މަސައްކަތުން އުންމީދު ދަނީ ބޮޑުވަމުން. އެއްވެސް ކަހަލަ ބަނދަރެއް އުތުރުގައިވެސް ނެތި ފެށީ މި މަސައްކަތް. ރާއްޖޭގެ ކަނޑު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް އެ ޚިދުމަތް ދޭންޖެހޭ. އަމަލީ މަސައްކަތް ފެށެން ގާތްވަމުން ދަނީ." މިހެންނެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ދައުލަތަށް ވަންނަ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. ބައިނަލްއަޤްވާމީ ގޮތުން މި ދާއިރާގެ ބޮޑު ތަޖުރިބާއެއް ލިބިފައިވާ ވިޓޯލް ކުންފުންޏާ ގުޅިގެން މި ޚިދުމަތް ދެމުން އަންނަނީ އެކަމަށް ޚާއްސަ ބޯޓެއް ގެނެސްގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް އޮފްޝޯކޮށެވެ.

މި ޚިދުމަތް ފެށިފަހުން މަހުން މަހަށް ބަންކަރިން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަދަދު އިތުރުވަމުން އަންނައިރު، ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އަލަށް އެތެރެކޮށް ވިއްކަން ފެށި ލޯ ސަލްފަރ އޮއިލްއިންނެވެ. ސަރުކާރުގެ އަމާޒަކީ އިޤްތިޞާދު ފުޅާކުރުމަށް ފަށާފައިވާ މި މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450