ޚަބަރު
އެމްބެސެޑާ އެޓް ލާޖުގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. މާރިޔާ އައްޔަނުކުރައްވައިފި
ޑރ.މަރިޔަމް މާރިޔާ. ފޮޓޯ: ރައީސް އޮފީސް
ހުލާސާ
އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އައްޔަނު ކުރައްވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ވަނީ މިއަދު ކަށަވަރުކޮށް ދެއްވާފައެވެ. ތަރުޖަމާން ވިދާޅުވި ގޮތުގައި ކުރީގެ މިނިސްޓަރު މާރިޔާ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެމްބެސެޑާ އެޓް ލާޖުގެ މަޤާމަށް އައްޔަނުކުރައްވަނީ ސަފީރު ކަމަށް ކަނޑައެޅުއްވުމުގެ މަރުހަލާގެ ތެރެއިންނެވެ. ނަމަވެސް ޑރ. މާރިޔާ ފޮނުއްވަނީ ކޮން ޤައުމެއްގެ ސަފީރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.
ޑރ. މަރިޔަމް މާރިޔާ ވަނީ މި ސަރުކާރުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކަމުގެ އިތުރުން އެގްރިކަލްޗަރ މިނިސްޓަރު ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.