Ads by Farudhun

ޚަބަރު

ތ. ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 82 އިންސައްތަ ނިމިއްޖެ

ތ. ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 82 އިންސައްތަ ނިމިއްޖެ

ތ. ގުރައިދޫ އެއަޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 04:09

14 ސެޕްޓެމްބަރު 2026، 04:09

ތ. ގުރައިދޫ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޖުމްލަ 82 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި ޖިއޯ ބޭގް ރިވެޓްމަންޓް އެޅުމުގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގެ ބިން ހިއްކުމުގެ އޮޕަރޭޝަންތައް މީގެ ކުރިން ވަނީ އެއްކޮށް ނިންމާލާފައެވެ.



ޖުމްލަ 106.02 މިލިއަން ރުފިޔާ ގެ މި މަޝްރޫޢުގެ ދަށުން 13.80 ހެކްޓަރު (378،350 ކިއުބިކް މީޓަރު) ގެ ބިން ހިއްކުމާއި، 979 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 609 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމަންޓް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމުން، އެއާޕޯޓުގެ ޢަމަލީ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 26 ޖުލައި 2027 ގެ ނިޔަލަށް ގުރައިދޫ އެއާޕޯޓް ހުޅުވުމަށް އަމާޒު ހިފާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450