Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

14 ސެޕްޓެމްބަރު 2026، 08:17

14 ސެޕްޓެމްބަރު 2026، 08:17

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް، ގ. ފިނިވިލު، މުޙައްމަދު ޠަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް، ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޠަލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. އޭނާ ވަނީ މީގެކުރިން އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ ކަމުގެ މަޤާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން ޠަލާލަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންގެންދަވާ ބޭފުޅެކެވެ.

ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ މަޤާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމާއި، ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމުގެ އިތުރުން ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް ފުރުއްވާފައެވެ. މަތީ ތަޢުލީމަށް ބަލާއިރު އަޙްމަދު ޙަބީބަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތްތަކާއި ސިއްޙީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މި ދެ މަގާމަށް މި ބޭފުޅުން އައްޔަންކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450