Ads by Farudhun

ޚަބަރު

ކާރެއްގައި ޖެހި އެކްސިޑެންޓުވުމުން ފިލި ޒުވާނާ ބަނގުރަލާއެކު ހައްޔަރުކޮށްފި

ކާރެއްގައި ޖެހި އެކްސިޑެންޓުވުމުން ފިލި ޒުވާނާ ބަނގުރަލާއެކު ހައްޔަރުކޮށްފި

ލ. ކަލައިދޫ، ނެސްޓް، ޣުފްރާން ޚާލިދު---

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2026، 06:53

15 ސެޕްޓެމްބަރު 2026، 06:53

ހުޅުމާލެ ފޭސް 2 ގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެހެން އުޅަނދަކުން ޖެހި އެކްސިޑެންޓުވުމުން، މަޑުނުކޮށް ފިލައިގެން ދިޔަ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ލ. ކަލައިދޫ، ނެސްޓް، އުމުރުން 26 އަހަރުގެ ޣުފްރާން ޚާލިދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެރޭ 19:10 ހާއިރު ހުޅުމާލެ ފޭސް 2 ގެ ބެރެބެދިމާ ހިނގުމުގައެވެ. އެ ސަރަޙައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އޭނާ ދުއްވި އުޅަނދުން ޖެހި އެކްސިޑެންޓްވުމުން ވެސް، އެ އުޅަނދު މަޑުނުކޮށް ވަނީ ފިލައިގެން ގޮސްފައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކުރި މަސައްކަތުން، އެ އުޅަނދު ދުއްވަން އިން ޣުފްރާން ވަނީ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުން އިތުރަށް ބުނީ، ޣުފްރާން ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވުނު ކަމަށެވެ. އެހެންކަމުން އޭނާ ދުއްވި އުޅަނދު ބަލައި ފާސްކުރިއިރު، ބަނގުރާ ހުރި ދަޅަކާއި ބަނގުރާ ހުސްކުރި ދެ ދަޅު އެ އުޅަނދުގެ ތެރެއިން ވަނީ ފެނިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޣުފްރާން ޚާލިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450