Ads by Farudhun

ޚަބަރު

މައްކާގައި ތިބި އުމްރާވެރިންނަށް އެއްވެސް ކުރައްކަލެއް ނެތް: ވަޒީރު ޝަހީމް

މައްކާގައި ތިބި އުމްރާވެރިންނަށް އެއްވެސް ކުރައްކަލެއް ނެތް: ވަޒީރު ޝަހީމް

އިސްލާމީ އުއްމަތުގެ ޤިބުލަ---

farudhun logo

ފަރުދުން

15 ސެޕްޓެމްބަރު 2026، 08:51

15 ސެޕްޓެމްބަރު 2026، 08:51

މައްކާގައި މިވަގުތު ތިބި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި އެ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިފަހަކަށް އައިސް ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މައްކާގެ މުޤައްދަސް ބިމަށާއި ޖިއްދާ އަދި ޠާއިފަށް ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރެއް ނެރުމާ ގުޅިގެންނެވެ. އެހެންނަމަވެސް، މި އިންޒާރުތައް ވަނީ މާ ގިނައިރުތަކެއް ނުވެ އުވާލާފައެވެ.

މިއީ މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަޙައްދަށް މިފަދަ އިންޒާރެއް ނެރުނު ފުރަތަމަ ފަހަރެވެ. މި އިންޒާރާ ގުޅިގެން ސަޢޫދީގެ މަދަނީ ދިފާޢުން ފަހުން ވަނީ، މި ސަރަޙައްދުތަކަށް އެޅި ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް މިހާރު ނިމުމަކަށް އައިސްފައިވާކަން ކަށަވަރުކޮށްދީފައެވެ.

މި އިންޒާރުތައް ނެރެފައި މިވަނީ، ޔަމަނުގެ ސަރަޙައްދުން ފޮނުވައިލި ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި ސަޢޫދީގެ ދެކުނުގެ ސަރަޙައްދުތަކުން 13 މީހުން ޒަޚަމްވިތާ އެއް ދުވަސް ފަހުންނެވެ.

ޔަމަނުން ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ މުހިންމު ސަރަޙައްދުތަކާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އަދި މިފަދަ ހަމަލާތައް ހުއްޓުވައި، ސަރަޙައްދީ އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށްޓަކައި މެދުއިރުމަތީގެ ޤައުމުތަކުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450