Ads by Farudhun

ޚަބަރު

އިންނަމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އިންނަމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

އިންނަމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ސެޕްޓެމްބަރު 2026، 09:01

16 ސެޕްޓެމްބަރު 2026، 09:01

ރ. އިންނަމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިކަން ހާމަކޮށް އެސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު މި މަސައްކަތުގެ ތެރެއިން ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ބީމް ޝަޓަރިންގ މަސައްކަތްތައް ކަމަށެވެ. އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެސް މިހާރު ވަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.



ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދަރިވަރުންނަށް ރަނގަޅު ތަޢުލީމީ މާޙައުލެއް ފަހިކޮށްދިނުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިންނަމާދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތަކީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

އެމް.ޓީ.ސީ.ސީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަޙްމަދު ސަޢުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ދަރިވަރުންނަށް ވެސް ފެންވަރު ރަނގަޅު ތަޢުލީމާއި ވަސީލަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ.

އެމްޓީސީސީއިން އަންނަނީ ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި ހިއްސާތަކެއް ވަމުންނެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި އެ ކުންފުނިން، އެ ރަށްރަށުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ހިމެނޭ ގަނަ ޕްރޮޖެކްޓުތަކަކީ އަދުގެ ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން އެ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްދާ ޕްރޮޖެކްޓުތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450