ޚަބަރު
ވ. ފެލިދޫ ހޮސްޕިޓަލްގެ މައި ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ބާރަށް ކުރިއަށް
ވ.ފެލިދޫ ހޮސްޕިޓަލްގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ވ. ފެލިދޫގައި ތަރައްޤީކުރަމުން އަންނަ އައު ހޮސްޕިޓަލްގެ މައި ޢިމާރާތުގެ ފުޓިންގ، ޝަޓަރިންގ އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ސައިޓުގައި މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ސަރުކާރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތައް ލާމަރުކަޒީ ކުރުމަށް ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ބިނާކުރާ މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގައިގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) ގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.
Project Update: Construction of V. Felidhoo Hospital
— MTCC Plc (@MTCCPlc) September 15, 2026
Hospital main building footings, shuttering and reinforcement works are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/1JfTql9y8L
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މި މަޝްރޫޢު ނިމުމުން ވ. އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރަށުންނާއި ކައިރިން ލިބިގެންދާނެއެވެ. އަދި ޞިއްޙީ ފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އުފުލަންޖެހޭ މާލީ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.