Ads by Farudhun

ޚަބަރު

އިސްލާމީ އުސޫލަށް އެސްއެމްއީ ލޯނުތައް ބަދަލުކުރުމަށް އޯޕަން ޑޭއެއް ބާއްވަނީ

އިސްލާމީ އުސޫލަށް އެސްއެމްއީ ލޯނުތައް ބަދަލުކުރުމަށް އޯޕަން ޑޭއެއް ބާއްވަނީ

އިސްލާމީ އުސޫލަށް އެސްއެމްއީ ލޯނުތައް ބަދަލުކުރުމަށް އޯޕަން ޑޭއެއް. ފޮޓޯ: އެސްއެމްއީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2026، 03:39

16 ސެޕްޓެމްބަރު 2026، 03:39

އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް ބަދަލުކުރުމަށް ބާއްވާ ރީފައިނޭންސިން އޯޕަން ޑޭ، އަންނަ ހޮނިހިރު ދުވަހު ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ ރީފައިނޭންސިން އޯޕަން ޑޭގެ މައިގަނޑު މަގުސަދަކީ، ކަސްޓަމަރުންނަށް މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިން ފެސިލިޓީތަކަށް އެއް ދުވަހުން ބަދަލުކޮށްދިނުން ކަމަށެވެ. މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިސްލާމީ ފެސިލިޓީއަކަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމުގެ އިތުރުން މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.

މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލް އިން އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެސްއެމްއީ ޑިޖިޓަލް އިން މީގެ ކުރިން ބޭއްވި ދެ އޯޕަން ޑޭ އަކީވެސް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތްތަކެކެވެ. އެގޮތުން ގިނަ އަދަދެއްގެ ކަސްޓަމަރުން ބައިވެރިވެ، ފެސިލިޓީތައް ބަދަލުކުރުމަށް އެހީތެރިކަން ހޯދާފައިވެއެވެ. އެސްއެމްއީ ޑިޖިޓަލް އިން ބުނީ ފުރިހަމަ އިސްލާމީ ފައިނޭންސް ފޯރުކޮށްދޭ މުއައްސަސާއަކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕޯޓްފޯލިއޯގެ ބޮޑު ބައެއް ބަދަލުކޮށް ނިންމާލުން ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450