Ads by Exprox

ޚަބަރު

ގެއަކަށް ވަދެ ވަޅިން ބިރުދައްކައި، ފޭރިއްޖެ!

ގެއަކަށް ވަދެ ވަޅިން ބިރުދައްކައި، ފޭރިއްޖެ!

ފޭރުމުގެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި ދެމީހުން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 09:20

05 ސެޕްޓެމްބަރު 2024، 09:20

ގެއެއްގެ ތެރޭގައި ބަޔަކު ނިދާފައިތިއްބައި އެގެއަށް ވަދެ އެގޭގައި ތިބި މީހުންނަށް ވަޅިން ބިރުދައްކައި ފޭރިއްޖެއެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މާފަންނު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ފެންލައިޓުން ވަދެ، ކޮޓަރިއެއްގެ ތެރޭގައި ނިދާފަައި ތިބި ދެ މީހެއްގެ ކަރުގައި ވަޅި ޖައްސައި އެއްވެސް ހަރަކާތެއް ކޮށްފިނަމަ މަރާލާނެ ކަމަށް ބުނެ ބިރުދައްކައިގެން ފޭރުނު މައްސަލައެއް މިމަހު 4 ވަނަ ދުވަހުރޭ ދަންވަރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، އެގޭގެ ދެމީހުންގެ އަތުން މޯބައިލް ފޯނާއި ލެޕްޓޮޕް އަދި އެހެނިހެން ތަކެތި ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި ފޭރުމަށްފަހު ދެމީހުން ފިލައިގެން ގޮސްފައިވަނީ ފާޚާނާއަށް ވަދެ އެތެރޭން ދޮރު ތަޅުލައި ފެންލައިޓުން ނުކުމެގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، މި ދެމީހުން ރޭގެ ވަގުތުގައި ހައްޔަރުކޮށް އަދި އެމީހުން އެގެއިން ފޭރުނު ލެޕްޓޮޕް އާއި މޯބައިލް ފޯނުތައް ހޯދައިފައިވާ ކަމަށެވެ. އަދި އެމީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެހެނިހެން ތަކެތި ވެސް އެމީހުން އަތުން ފެނިފައިވާ ކަމަށެވެ.

އަދި މިމައްސަލައާއި ގުޅިގެން ފޭރެން އެގެއަށް ވަތް ދެ މީހުން، ހައްޔަރުކޮށްފައިވަނީ މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (30އ) އަދި ވިދުވަރު، ބ. ދަރަވަންދޫ، ހުސައިން ޝާއިފް (32އ) ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco