Ads by Farudhun

ޚަބަރު

ޕީއެންސީގެ މަތީ މަޖިލީހަށް އިންތިހާބުވި ފަރާތްތައް މަޤާމުގެ އިގްރާރުވެއްޖެ

ޕީއެންސީގެ މަތީ މަޖިލީހަށް އިންތިހާބުވި ފަރާތްތައް މަޤާމުގެ އިގްރާރުވެއްޖެ

ޕީއެންސީގެ މަތީ މަޖިލީހަށް އިންތިހާބުވި ފަރާތްތައް މަޤާމުގެ އިގްރާރުވުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

18 ސެޕްޓެމްބަރު 2026، 04:44

18 ސެޕްޓެމްބަރު 2026، 04:44

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެކި މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނާއި، އެ ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ލީޑަރޝިޕަށް އައްޔަންކުރައްވާފައިވާ ބޭފުޅުން މަޤާމުގެ އިޤްރާރުވެވަޑައިގެންފިއެވެ.

މި ބޭފުޅުން މަޤާމުގެ އިޤްރާރުވެވަޑައިގެންފައިވަނީ ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ބޭއްވި ޚާއްޞަ ސެޝަނެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ލީޑަރޝިޕަށް އައްޔަންކުރެއްވި ބޭފުޅުންނާއި، ސަރުކާރު ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން އައްޔަންކުރެއްވި ބޭފުޅުންގެ އިތުރުން މަތީ މަޖިލީހަށް އިންތިޚާބުވި މެންބަރުން ވަނީ ހުވާކުރައްވާފައެވެ.

ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންނަކީ:
• ޕާޓީގެ ޗެއަރޕާސަން: ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ
• ޕާޓީގެ ނައިބު ރައީސް: ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
• ޕާޓީގެ ނައިބު ރައީސް: ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު
• ޕާޓީގެ ސެކްރެޓަރީ ޖެނެރަލް: މޫސާ ފަތުޙީ އާދަމް
• ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މުޙައްމަދު ލަމްޢާން
• ޚަޒާންދާރު: ޙުސައިން ފަހުމީ

ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި 6 ބޭފުޅުންނަކީ:
• ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
• މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
• ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ
• ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު
• އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް

ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ ތެރެއިން ޕާޓީގެ ރައީސް އައްޔަންކުރެއްވި 7 މެންބަރުންނަކީ:
• ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ޢަބްދުﷲ ނާޞިރު
• ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން
• ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޢީލާ ޢަލީ
• ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު
• ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުޙައްމަދު ޠަލާލް
• ދިވެހިރާއްޖެއިން ޤަޠަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންނާއި ސީއީއޯއިންގެ ތެރެއިން ޕާޓީގެ ރައީސް އައްޔަންކުރެއްވި 3 މެންބަރުންނަކީ:
• މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤު ޙަލީމް
• އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު
• އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް

މި ބޭފުޅުންގެ އިތުރުން، ޕީއެންސީގެ މަތީ މަޖިލީހަށް އިންތިޚާބުވި އެހެނިހެން މެންބަރުންނާއި، އަންހެނުންގެ ރޫޙާއި ޒުވާނުންގެ ރޫޙުގެ އިސް ބޭފުޅުންގެ އިތުރުން، ސްޓިއަރިންގ ކޮމިޓީތަކަށާއި ދާއިރާތަކުގެ އެކި މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންވެސް ވަނީ މި ރަސްމިއްޔާތުގައި މަޤާމުގެ އިޤްރާރުވެވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450