Ads by Farudhun

ޚަބަރު

ޓީ-ބިލް ދެއްކީ އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ޓީ-ބިލް ދެއްކީ އާންމުންގެ ޑިޕޮސިޓް ފައިސާއިން ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ފިނޭންސް މިނިްޓްރީ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 12:19

19 ސެޕްޓެމްބަރު 2026، 12:19

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ފިނޭންސް މިނސްޓްރީއިން ހާމަކުރެއްވި ގޮތުގައި، މިއީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެކެވެ. 2019 ވަނަ އަހަރު ނަގާފައިވާ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެންކަމަށް ފިނޭސް މިނސްޓރީއިން ވިދާޅުވިއެވެ. 

"މި ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން."

 ފިނޭންސް މިނިސްޓްރިއިން ވިދާޅުވިއެވެ.

މި އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 17 ސެޕްޓެމްބަރު 2026 ގައި މުއްދަތު ހަމަވާ މި 50 މިލިއަން ޑޮލަރުގެ ޓީ-ބިލް، ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް އިޢުލާން ކުރައްވާފައެވެ.

"17 ސެޕްޓެމްބަރު 2026 ގައި މުއްދަތު ހަމަވާ 50 މިލިއަން ޓީ-ބިލް ކަނޑައެޅިފައިވާ ތާރީޚަށް ދައްކައި ޚަލާސްކުރާނެ ކަމަށް 11 މެއި 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފަ."

ފިނޭންސް މިނިްޓްރީ

އެހެންކަމުން، ބޭންކުތަކުގައި ހުރި އާންމު ރައްޔިތުންގެ ރައްކާތެރި ފައިސާއަށް މިކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450