Ads by Farudhun

ޚަބަރު

ޔާމީންގެ ފަތިފުށާއި މަތިފުށް ވެސް އެނގޭ، ދެން ދޭނެ ރައްދެއް ނެތް: އަބްދުއްރަހީމް

ޔާމީންގެ ފަތިފުށާއި މަތިފުށް ވެސް އެނގޭ، ދެން ދޭނެ ރައްދެއް ނެތް: އަބްދުއްރަހީމް

ޕީއެންސީގެ ބައިވެރިވުމުގެ ތެރެއިން - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 01:20

19 ސެޕްޓެމްބަރު 2026، 01:20

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަތިފުށާއި މަތިފުށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ދެން އެމަނިކުފާނަށް ދެއްވާނެ އިތުރު ރައްދެއް ނެތް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އިގުތިސޯދީ މާހިރުންނަކީ ގައުމުގެ އިގުތިސޯދު ނާޒުކު ފައްތަރެއްގައި އޮންނަ ހާލަތްތަކުގައި ހަރުދަނާ ސިޔާސަތުތައް އެކަށައަޅައި، އަމަލީ ގޮތުން ނަތީޖާ ނެރެދޭ ބޭފުޅުން ކަމަށެވެ. އަދި ގޭގެ ސިޓިންގރޫމުގައި އިންނަވައިގެން އެހެން މީހުންނަށް ހެއްދެވިއަށް ނުހެއްދެވިއަށް ގޮވުމަށްފަހު، ތިމާއަކީ އިގުތިސޯދީ މާހިރެކޭ ވިދާޅުވުމަކުން އެކަން ގަބޫލުނުކުރެވޭނެ ކަމަށް ކުރީގެ ރައީސް ޔާމީނަށް ނިސްބަތްކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ގޮތުން ދައްކާ އެފަދަ ބޭކާރު ވާހަކަތަކަށް ރައްދު ދެއްވުމެއް ނެތި، އިގުތިސޯދު ކޮޅަށް ޖެއްސެވުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

"އެދައްކާ އެއްވެސް ވާހަކައަކަށް ރައްދުދެއްވުމެއް ނެތި އެވާހަކަތަކަކީ އަޑުނީވޭ ވާހަކަތަކަކަކަށް ހައްދަވައި އިގްތިސޯދީ ވިސްނުމާއި އިގްތިސޯދީ ވިސްނުމުގެ އަލީގައި މިދެންނެވި ކަހަލަ ކަންތައް ކުރައްވާ ބޭފުޅުންނަށް އަޅުގަނޑުމެން އިގްތިސޯދީ މާހިރުން މިކިޔަނީ."

އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ޕީއެންސީގެ ލީޑަޝިޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި، ފަހަތަށް އެނބުރި ބެލުމެއް ނެތި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450