Ads by Farudhun

ޚަބަރު

އައިއޭއީއޭގެ 70 ވަނަ ޖެނެރަލް ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެ

އައިއޭއީއޭގެ 70 ވަނަ ޖެނެރަލް ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެ

އައިއޭއީއޭގެ 70 ވަނަ ޖެނެރަލް ކޮންފަރެންސްގައި ބައިވެރިވި ރާއްޖޭގެ ވަފުދު. ފޮޓޯ: ޚާރިޖީ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 ސެޕްޓެމްބަރު 2026، 09:28

19 ސެޕްޓެމްބަރު 2026، 09:28

އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީ (އައި.އޭ.އީ.އޭ.) ގެ ޖެނެރަލް ކޮންފަރެންސްގެ 70 ވަނަ ރެގިއުލަރ ސެޝަންގައި ދިވެހިރާއްޖޭގެ ވަފްދެއް ބައިވެރިވެއްޖެއެވެ.

ސެޕްޓެމްބަރ މަހުގެ 14 އިން 18އަށް އޮސްޓްރިއާގެ ވިއެނާގައި ކުރިއަށްދިޔަ މި ކޮންފަރަންސްގައި ބައިވެރިވި ރާއްޖޭގެ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި އަހަރުގެ މިއީ 4 ޑިސެމްބަރު 2025 ގައި ރާއްޖެ އެ އެޖެންސީގެ ގުޅުނު ފަހުން، މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ބައިވެރިވި ފުރަތަމަ ޖެނެރަލް ކޮންފަރެންސެވެ.

ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން، އެމްބެސެޑަރ ޑރ ސަލްމާ ވަނީ ކެންސަރު ބަލި ދެނެގަނެ، ފަރުވާގެ ފުރުސަތުތައް ފުޅާކުރުމާއި، ސާފު ހަކަތަ ކަށަވަރުކުރުމަށް ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ފަންނިއްޔާތު ހޯދުމަށް ހުރި ފުރުސަތުތަކާއި، ގައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް އެ އެޖެންސީއާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ބޭނުންވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ވަފްދުން ވަނީ ކޮންފަރެންސްގެ ހަވާސާގައި "ރޭސް އޮފް ހޯޕް އިނިޝިއެޓިވް"ގެ ދަށުން ސަރަހައްދީ ފެންވަރުގައާއި، ދުނިޔޭގެ ފެންވަރުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމާއި، ރޭޑިއޯއެކްޓިވް ކުނި މެނޭޖުކުރުމުގައި ރެގިއުލޭޓަރުންނާއި ތަންފީޒުކުރާ ފަރާތްތަކުގެ ދައުރު ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި ހަރަކާތުގައި ބައިވެރިވެފައި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އެމްބެސެޑަރ ޑރ. ސަލްމާވަނީ އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ، އައިއޭއީއޭގެ ރެގިއުލޭޓަރީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އާރް.އައި.ޑީ.ޕީ) ޓީމާ ވެސް ބައްދަލުކުރައްވާފައެވެ.

އައި.އޭ.އީ.އޭ. ގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ އެ އެޖެންސީއާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތަކަށް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ސިއްހީ ދާއިރާ، ސާފު ހަކަތަ، ރައްކާތެރިކަން، އަދި ވިލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ބާރެއްކަން ވެސް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450