Ads by Farudhun

ޚަބަރު

ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަޔަކު އެއާޕޯޓުން ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަޔަކު އެއާޕޯޓުން ހިފަހައްޓައިފި

އަތުލައިގަތް ބޭރު ފައިސާތައް. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2026، 12:16

19 ސެޕްޓެމްބަރު 2026، 12:16

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި އޮޕަރޭޝަނަކީ މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެކެވެ. މި މީހުން ހުއްޓުވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބައެވެ. އަދި އެމީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ވަނީ ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފައިސާގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައާ ގުޅިގެން ހިފެހެއްޓުނު ބަންގްލަދޭޝްގެ 6 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450