Ads by Farudhun

ޚަބަރު

ބިލެތްފަހީ ސްކޫލްގެ 4 ކްލާސްރޫމާއި ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ބިލެތްފަހީ ސްކޫލްގެ 4 ކްލާސްރޫމާއި ހޯލް އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ބިލަތްފަހީ ސްކޫލްގައި ކުރިއަށްދާ 4 ކްލާސްރޫމާއި ހޯލް ހެދުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2026، 11:13

20 ސެޕްޓެމްބަރު 2026، 11:13

ށ. ބިލެތްފަހީ ސްކޫލުގައި އަލަށް އިމާރާތްކުރާ 4 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

 އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް ޝަޓަރިންގ އަދި ދަގަނޑު ބަނުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢަކީ ތަޢުލީމީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދަރިވަރުންނަށް ފަހި އުނގެނުމުގެ މާހައުލެއް ޤާއިމުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ގާތްގަނޑަކަށް 143 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާ ބިލެތްފަހީ ސްކޫލުގެ ޖާގައިގެ ދަތިކަން މި މަޝްރޫޢުގެ ސަބަބުން ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.

މަޝްރޫޢުގެ ފަސްމަންޒަރާއި ތާރީޚު
ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢު އެންމެ ފުރަތަމަ 22 އޮގަސްޓް 2022 ގައި 17،367،860.66 (ސަތާރަ މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަތް ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ ފަސްދޮޅަސް ހަ ލާރި) އަށް ހަވާލުކުރެވުނީ އެވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މަސައްކަތް ފަހުން އެމްޓީސީސީއާ ހަވާލުކޮށްފައެވެ.



އެމްޓީސީސީއާ މަސައްކަތް ހަވާލުކުރެވުމަށްފަހު، ސައިޓް ސާފުކުރުމާއި ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ފުރިހަމަކޮށް، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. މި މަޝްރޫޢު ނިމުމުން އެ ސްކޫލުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް އިތުރު ޖާގައާއި ޒަމާނީ ވަސީލަތްތައް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450