ޚަބަރު
އިސްލާމީ ވުޒާރާއިން "މައުރިފާ" ގައި ބައިވެރިވުމަށް ހުޅުވާލައިފި
2025 ވަނަ އަހަރުގެ މަޢުރިފާ ފެއަރގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ފޮތް މައުރަޒު "މައުރިފާ" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ފޮތް މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި މައުރަޒު ކުރިއަށްދާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މައުރަޒުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި ހިނގާ މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.
މި މައުރަޒު ކުރިއަށްދާ ދުވަސްތަކުގައި، ކޮންމެ ދުވަހެއްގެ ވެސް ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވިފައި ހުންނާނެއެވެ.
މި މައުރަޒާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3020263 ނުވަތަ 3020289 ނަންބަރު ފޯނާ ގުޅުއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.