Ads by Farudhun

ޚަބަރު

އެމްޕީއެލްގެ ކުރީގެ ސީއީއޯގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ނިންމައިފި

އެމްޕީއެލްގެ ކުރީގެ ސީއީއޯގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް ނިންމައިފި

އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދު---

farudhun logo

ފަރުދުން

20 ސެޕްޓެމްބަރު 2026، 05:57

20 ސެޕްޓެމްބަރު 2026، 05:57

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.

އޭސީސީން ހާމަކުރި ގޮތުގައި، މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު އެމްޕީއެލް އަށް 18 އޭސީ ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައެކެވެ. އެގޮތުން މި ތަކެތި ގަނެފައިވަނީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންގެންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ޤަވާއިދާ ޚިލާފަށް ކަމަށް އޭސީސީން ވިދާޅުވިއެވެ.

މި މައްސަލައިގައި ޖުނައިދުގެ އިތުރުން، އޭރު އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި ހުރި ޢަބްދުލްވައްހާބުގެ މައްޗަށްވެސް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ.

އޭސީސީގެ ތަޙުޤީޤަށް ފާހަގަކުރެވުނު ގޮތުގައި، މި އޭސީތައް ގަނެފައިވަނީ އާންމުކޮށް އިޢުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެއްވެސް ނިންމުމަކާ ނުލައެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ އެފަދަ މަސައްކަތެއް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ލިބިފައިނުވާ، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކާ ކަމަށާއި، މި މުޢާމަލާތް ހިންގާފައިވަނީ އެދުވަސްވަރުގެ މާކެޓު ރޭޓަށްވުރެ މާ ބޮޑު އަގުގައި ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި މި އޭސީތައް ގަތުމަށްޓަކައި ޖުމްލަ 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ މި މުޢާމަލާތާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މިހާރު ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450