Ads by Farudhun

ޚަބަރު

ފޮއްދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ފޮއްދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ފޮއްދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

21 ސެޕްޓެމްބަރު 2026، 07:42

21 ސެޕްޓެމްބަރު 2026، 07:42

ނ. ފޮއްދޫ ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫއު ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭވްމަންޓް އެޅުމުގެ މަސައްކަތްތައް ކަމަށެވެ.

29 މާރިޗު 2025 ގައި ސަރުކާރުން ވަނީ 4 ރަށެއްގައި ކުޑަކުދިންގެ ޕާކު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.  އެ ރަށްތަަކަކީ، ށ. ކޮމަންޑޫ، ނ. ފޮއްދޫ، ނ. މަނަދޫ އަދި ފ. ނިލަންދޫއެވެ. 



މި މަޝްރޫޢުގެ މަޤްޞަދަކީ ކުޑަކުދިންނަށް ރައްކާތެރި އަދި ހިތްފަސޭހަ ކުޅިވަރު މާޙައުލުތަކެއް ޤާއިމުކޮށްދީ، ޙަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅައި، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މި މަސައްކަތަކީ،  މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސަރުކާރުގެ މި ބޮޑު މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 46 ރަށެއްގައި ޕާކުތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ މައިގަނޑު ފަސް ކުންފުންޏަކާއެވެ. އެއީ ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އާރްޑީސީ، އެސްޓީއޯ އަދި އެޗްޑީސީއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗުގައި 14 ރަށެއްގެ މަސައްކަތް ހިމެނޭއިރު، ދެވަނަ ބެޗުގައި 32 ރަށެއްގެ ޕާކު ތަރައްޤީކުރުމަށް ވަނީ ތާވަލުކުރެވިފައެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450