Ads by Farudhun

ޚަބަރު

ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓް ހިނގި ސަރަހައްދު.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ސެޕްޓެމްބަރު 2026، 10:57

21 ސެޕްޓެމްބަރު 2026، 10:57

މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓުގައި ޖުމްލަ 3 މީހަކަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.

އަނިޔާވި މީހުންނަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އެގޮތުން އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންގެ ތެރެއިން 21 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. ހަމައެއާއެކު 22 އަހަރުގެ ފިރިހެން މީހާ އަދިވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450