Ads by Exprox

ޚަބަރު

މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ނަގައިފި!

މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ނަގައިފި!

ކަރަންޓު ކޭބަލްތައް ވަގަށް ނެގި ތަނުގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 ސެޕްޓެމްބަރު 2024، 09:25

05 ސެޕްޓެމްބަރު 2024، 09:25

މާލޭގައި އަލަށް ހަދަމުންދާ މާރުކޭޓަކުން ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ. 

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޮލި އުމަރު ގޯޅީގައި ހަދަމުންދާ މާރުކޭޓެއްގައި ހުރި ކަރަންޓު ކޭބަލްތަކާއި ލައިޓްތައް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. 

މީގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ މިމައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދްމަތަށް ހުށައަޅައިފައިވާ ކަމަށެވެ.

 https://twitter.com/MaleCitymv/status/1831256240556781880

މިހާރަކަށް އައިސް މާލެ ސަރަހައްދުގެ މިސްކިތް ތަކުގައި ހުންނަ ފަންކާތަކާއި ބޮކި ފަދަ ތަކެތި ވަގަށް ނެގުމުގެ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco