Ads by Farudhun

ޚަބަރު

ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް

ތުޅާދޫ ކަލްޗަރަލް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ސެޕްޓެމްބަރު 2026، 12:02

21 ސެޕްޓެމްބަރު 2026، 12:02

ބ. ތުޅާދޫގައި ތަރައްޤީކުރަމުން އަންނަ ދެ ބުރީގެ ކަލްޗަރަލް ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރަމުން އެމްޓީސީސީން ބުނީ، ކަލްޗަރަލް ސެންޓަރުގެ ރެސްޓޯރެންޓް އިމާރާތުގެ ޓައި ބީމް އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މައި އިމާރާތުގެ ކޮލަމް އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމި، މިހާރުވެސް އެ މަސައްކަތް ސައިޓުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 1.58 މިލިއަން އެމެރިކާ ޑޮލަރު (24.4 މިލިއަން ދިވެހި ރުފިޔާ) ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ ދިވެހި ސަގާފީ މަސައްކަތްތައް ކަމަށްވާ ލިޔެލާޖެހުމާއި، ކާޕެންޓްރީ އަދި ވިޔުމުގެ މަސައްކަތްތައް ދިރުވައި އާލާކޮށް، އެ މަސައްކަތްތައް ދަސްކޮށްދިނުމަށް ޤާއިމުކުރާ ޤައުމީ ފެންވަރުގެ މަރުކަޒެކެވެ.

މި މަޝްރޫޢަކީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އަދި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ސެންޓަރު ނިމުމުން ރަށުގެ މަސައްކަތްތެރިންނަށް 'އޮތެންޓިކް މޯލްޑިވްސް' މެދުވެރިކޮށް އުފެއްދުންތައް މާކެޓްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450