ޚަބަރު
މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގް ފަށައިފި
މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގް. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާ އާއި، ޗައިނާގެ ހައިނާން ޔުނިވަސިޓީން ގުޅިގެން ބާއްވާ، މަސްވެރިކަމާއި ބްލޫ އިކޮނޮމީއާ ގުޅޭ ޓެކްނިކަލް ޓްރެއިނިންގްއެއް މިއަދު ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އަހުމަދު ޝިޔާމު އަދި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މި ޓްރެއިނިންގްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ވަޞީލަތްތައް ބެލެހެއްޓުމާއެކު ކަނޑުގެ ދިރުންތަކުގެ ނަސްލު ޙިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތަށް ޓްރޮޕިކަލް އެކުއަކަލްޗަރ ނުވަތަ ލޮނުފެނުގެ ދިރުންތައް އާލާކުރުމަށާއި، ހަލާކުވަމުންދާ މުރަކަ އަދި ފަރުތައް އިޔާދަ ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތައް ކުރިއާލައި ދެނެގަތުމާ ގުޅޭގޮތުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަހުގެ 21 އަދި 22 ވަނަ ދުވަހު ކުރިއަށްދާ މި ޓްރެއިނިންގްގައި އެ ވުޒާރާއާއި، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ، މިފްކޯ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަމަންޓް އެންޑް އެނާރޖީ، އެންވައިރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ އަދި ވިލާ އިންޓްރނޭޝަނަލް ހައި ސްކޫލްގެ ފަރާތުން 51 ފަރާތަކުން ބައިވެރިވާނެ ކަމަށް ވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
Minister @Shiyamaldives and the Chinese Ambassador to the Maldives, His Excellency Kong Xinhua, opened a two-day workshop on Fisheries and the Blue Economy. The workshop is being conducted by the Ministry in collaboration with China's Hainan University.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) September 21, 2026
The workshop is attended… pic.twitter.com/dErQcsEtfN
އަދި މީގެއިތުރުން، ހައިނާން ޔުނިވަސިޓީގެ ބޭފުޅުން ވުޒާރާގެ މެރިކަލްޗަރގެ ދިރާސާ ކުރާ ރަށްކަމަށްވާ ކ. މަނިޔަންފުއްޓަށް ޒިޔާރަށްކުރުމަށް ހަމަޖެހިފައިވާކަން ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
އެއީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އެކުލަވައިލައިފައިވާ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕެރޭޓިވް ޕާރޓްނަރޝިޕްގެ ދަށުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ކަމާގުޅޭ އިދާރާތަކަށް މުހިންމު ފަންނީ ތަމްރީނުދީ، ހުނަރުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ކުރެވިގެންދާ ދަތުރެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.