Ads by Farudhun

ޚަބަރު

ރަސްމާލޭން އެންމެ އިންޗިއެއްވެސް ވިއްކައެއް ނުލެވޭނެ: މާލީ ވަޒީރު

ރަސްމާލޭން އެންމެ އިންޗިއެއްވެސް ވިއްކައެއް ނުލެވޭނެ: މާލީ ވަޒީރު

މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު. ފޮޓޯ: ޕީއެސްއެމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ސެޕްޓެމްބަރު 2026، 09:56

22 ސެޕްޓެމްބަރު 2026، 09:56

ރަސްމާލޭގައި ތަރައްޤީކުރާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއު ހަވާލުކޮށްފައި ވަނީ ކުއްޔަށް ކަމަށާއި، ރަސްމާލެއިން އެންމެ އިންޗިއެއްވެސް ވިއްކައެއް ނުލެވޭނެ ކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ރަސްމާލޭން ބޮޑު ބައެއް ވިއްކާލިކަމަށް އިދިކޮޅުން ދައްކަމުން ވާހަކަތައް ދޮގު ކުރައްވާފައެވެ. 

ވަޒީރު ވަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އިންވެސްޓަރުން ޕްރޮޖެކްޓުތަކާއި، ރިސޯޓުތައް ވެސް ހިންގަމުންދާ ކަމަށާއި، އެ މަޝްރޫއުތައް ވެސް ހިންގަނީ ރާއްޖޭގެ ޤާނޫނީ ހަމަތަކުގެ ތެރެއިން 99 އަހަރަށް ބިން ކުއްޔަށް ދީގެންކަން ފާހަގަކުރައްވާފައެވެ. އަދި "އީގަލް ހިލްސް"އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ހިންގޭ މަޝްރޫއު ވެސް ކުރިއަށްދާނީ އެ އުސޫލުގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ އެއްވެސް ތަނެއް ވިއްކާލެވޭނެ ގޮތަށް ހިންގޭ މަޝްރޫއެއް ނޫންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއް ވެސް ބޭރުގެ ބަޔަކަށް ވިއްކާނުލައްވާނެކަމުގެ ޔަގީންކަންދެއްވާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ އުސޫލު އަބަދުވެސް ދަމަހައްޓާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުގައި އެއްވެސް ގޮތަކުން، އެންމެ އިންޗިއެއް ވެސް ވިއްކައެއް ނުލެވޭނެ. މީގަ ބޮޑަށް، ޓުއަރިޒަމަށް ވެސް ބިން ދޫކުރާ އުސޫލުން ލީސްކޮށްގެން، ލީސްޑް ޕްރޮޕަޓީއެއް ޑިވަލޮޕްކުރާ އުސޫލުން، ދައުލަތުގެ ނަމުގަ، ދައުލަތުގަ އެސެޓުގެ އޯނަރޝިޕް އޮންނާނެ ގޮތަށް މި ޕްރޮޖެކްޓު ވެސް ޑިވެލޮޕްވެގެންދާނީ" 

ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ ޖުމްލަ ބޭރުގެ އިންވެސްޓްމަންޓް ވަންނާނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ. އަދި މީގެ ސަބަބުން ސީދާ ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450