Ads by Farudhun

ޚަބަރު

ރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ހަރުދަނާކުރުމަށް ފަހުމުނާމާއެއް

ރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ހަރުދަނާކުރުމަށް ފަހުމުނާމާއެއް

ފަހުމުނާމާގައި ސޮއިކުރުން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ސެޕްޓެމްބަރު 2026، 10:38

22 ސެޕްޓެމްބަރު 2026، 10:38

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައި، ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އަދި ކެންޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްޓްރީ ފޯ ފޮރިން އެންޑް ޑަޔަސްޕޯރާ އެފެއަރޒް، ހިސް އެކްސެލެންސީ ޑރ. މުސާލިއާ މުޑަވަޑީއެވެ.

ފަހުމުނާމާގައި ސޮއިކުރެވުނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށް ފަހުގައި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. 

މި ފަހުމުނާމާގެ ސަބަބުން ދެ ވުޒާރާގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމުގެ އޮނިގަނޑެއް އެކުލަވާލެވި، މަޝްވަރާތައް ފުޅާކުރުމަށާއި، އެއްބާރުލުން ދެވިދާނެ އިތުރު ދާއިރާތައް ދެނެގަތުމަށާއި، ރާއްޖެއާއި ކެންޔާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވައެވެ.

ދިވެހިރާއްޖެއާއި ކެންޔާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 23 އޮކްޓޫބަރު 1995 ގައެވެ. އޭގެ ފަހުން ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. 

މި ފަހުމުނާމާގައި ސޮއިކުރުމުން ދައްކުވައިދެނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ދެ ޤައުމުން ދޭ އަހައްމިއްޔަތުކަން ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450