Ads by Farudhun

ޚަބަރު

ހއ. އުލިގަމު ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. އުލިގަމު ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

އުލިގަމު ސިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2026، 11:31

22 ސެޕްޓެމްބަރު 2026، 11:31

ހއ. އުލިގަމު ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފުރާޅުގެ ސްޓްރަކްޗަރ މަސައްކަތްތަކާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 14.32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެ ރަށު ސިއްހީ މަރުކަޒުގައި 5 އެނދުގެ އައު އެކްސްޓެންޝަން އިމާރާތެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ގްރައުންޑް ފްލޯގެ ކޮންކްރީޓް ސްލެބް އެޅުމާއި ރޫފިންގ ބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ނިމި، މިހާރު ދަނީ ފުރާޅުގެ މަސައްކަތްތަކާއި އެތެރެއާއި ބޭރު ފާރުތަކުގައި ސިމެންތި ޖެހުމުގެ މަސައްކަތްތައް ކުރަމުންނެވެ.

އުލިގަމު ސިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫއުތަކުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުހިންމު މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450