Ads by Farudhun

ޚަބަރު

އެންމެ ފުރަތަމަ ފަހަރަށް ބޭއްވޭ އަތުލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެންމެ ފުރަތަމަ ފަހަރަށް ބޭއްވޭ އަތުލިޔުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިބަހުގެ އެކެޑަމީ ޢިމާރާތް.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ސެޕްޓެމްބަރު 2026، 02:25

22 ސެޕްޓެމްބަރު 2026، 02:25

ޢަލީ ފަހުމީގެ ވާދައިގެ ތަށްޓަށް ބާއްވާ އަތުލިޔުމުގެ ފުރަތަމަ ގައުމީ މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.

މިއީ، ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެއް ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ. އަދި މުބާރާތުގެ ސަބަބުން، ރީތިކޮށް ތާނަ ލިޔާ ފަރާތްތަކުގެ އަގުވަޒަންކުރެވި، އެ ފަރާތްތަކަށް ހިތްވަރުދެވިގެންދާނެ ކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

މި މުބާރާތް އޮންނާނީ 2 ގިންތިއަކުން ކަމަށާއި، އެއީ، އޮފީސްތަކުގެ ބައި (ވުޒާރާ/މުއައްސަސާ/ސަރުކާރު ހިއްސާވާ ކުންފުނި/އަމިއްލަ ކުންފުނި/އަމިއްލަ އޮފީސް)އާއި،  އަމިއްލަ ފަރާތްތަކުގެ ބައި ކަމަށް ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވެއެވެ. 

މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މުބާރާތް ބަހައިލެވިފައިވާ މައިގަނޑު 3 ބައިގެ ތެރެއިން ކޮންމެ ބަޔަކުން ވެސް ބައިވެރިކުރެވޭނީ ގިނަވެގެން 5 މުވައްޒަފުންނެވެ. އަދި  އަމިއްލަ ފަރާތްތަކުގެ ގިންތިން ބައިވެރިވެވޭނީ 2025 ޑިސެންބަރު 31އަށް 18 އަހަރު ފުރިފައިވާ މީހުންނަށެވެ.

މުބާރާތް ބަހާލެވިފައިވާ 3 ބައި:

  • ރީތިލިޔުން
  • އަވަސްލިޔުން
  • އަތްތެރިލިޔުން

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، 2026 އޮކުޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޯމު ފުރިހަމަކުރަންވާނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ. 

މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އިތުރު މައުލޫމާތު ސާފުކުރުމަށް އެކެޑަމީގެ ނަންބަރު 7772816 ގުޅައި އޮޅުން ފިލުވޭނެ ކަމަށް ދިވެހިބަހުގެ އެކެޑަމީން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450