Ads by Farudhun

ޚަބަރު

ނާލާފުށި އެފްއާރުސީ: މިހާރު ކުރިޔަށްދަނީ ތަނބުތަކުގެ މަސައްކަތް

ނާލާފުށި އެފްއާރުސީ: މިހާރު ކުރިޔަށްދަނީ ތަނބުތަކުގެ މަސައްކަތް

ނާލާފުށީގެ އެފްއާރުސީގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

22 ސެޕްޓެމްބަރު 2026، 03:18

22 ސެޕްޓެމްބަރު 2026، 03:18

މ. ނާލާފުށީގައި ތަރައްޤީކުރަމުންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިޔަށްދަނީ ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި އިމާރާތުގެ ބައެއް ތަނބުތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި ބާކީ ހުރި ތަނބުތަކުގެ މަސައްކަތްތައްވެސް ބާރަށް ކުރިޔަށްދާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ނާލާފުށީގެ އެފްއާރުސީގެ މަސައްކަތް އަވަހަށް ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ސެޕްޓެންބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައެވެ.



ސަރުކާރުން މިހާރުވެސް ދަނީ ނާލާފުށީގެ ތަރައްޤީއަށްޓަކައި މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެގޮތުން، އެ ރަށުގެ ބިންހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އިތުރުން މުލި އަދި ނާލާފުށި ގުޅުވާލަދޭ ކޯޒްވޭގެ މަސައްކަތްވެސް ދަނީ ބާރަށް ކުރިޔަށެވެ. މީގެއިތުރުން، ރަށުގެ ބަނދަރުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢާއި، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ރަށުގެ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިޔަށް ގެންދަވަމުންނެވެ.

މި މަޝްރޫޢުތައް ނިމުމުން ނާލާފުށީގެ ރައްޔިތުންނަށް އިޖުތިމާޢީ، އިޤްތިޞާދީ އަދި ޞިއްޙީ ގޮތުން ބޮޑެތި ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450