Ads by Farudhun

ޚަބަރު

ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް

ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ޕާކިސްތާނަށް

ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދު. ފޮޓޯ: ޕީއެންސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ސެޕްޓެމްބަރު 2026، 03:37

22 ސެޕްޓެމްބަރު 2026، 03:37

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގުރޫޕުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފިއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް އެބޭފުޅުން ކުރައްވާ މި ދަތުރުފުޅުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. 

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް ޕީއެންސީން ވިދާޅުވެއެވެ.

ޕާކިސްތާނަށް ވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި، ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއު ހިމެނި ވަޑައިގަންނަވައެވެ.

 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450