Ads by Farudhun

ޚަބަރު

މަގޫދޫގައި ސައިބަރ އެވެއާނެސް ސެޝަނެއް ކުރިޔަށް ގެންގޮސްފި

މަގޫދޫގައި ސައިބަރ އެވެއާނެސް ސެޝަނެއް ކުރިޔަށް ގެންގޮސްފި

މަގޫދޫގައި ކުރިޔަށް ގެންދިޔަ ސައިބަރ އެވެއާނެސް ސެޝަން / ފޮޓޯ: ޕޮލިސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 ސެޕްޓެމްބަރު 2026، 04:56

22 ސެޕްޓެމްބަރު 2026، 04:56

ނ. މަގޫދޫ ސުކޫލުގެ ބެލެނިވެރިން އިންޓަނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޚާއްޞަ ސައިބަރ އެވެއާނެސް ސެޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަނަކީ ކުށްމަދު އަމާން މާހައުލަކަށް މުޖުތަމައު އަހުލުވެރިކުރުވައި، ފަރުދީ ޒިންމާ އަދާކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަގޫދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ސްކޫލް ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އިންޓަނެޓާއި ޑިޖިޓަލް އެކި ވަސީލަތްތައް ރައްކާތެރި ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެގޮތުން، ދަރިން މޯބައިލް ފޯނާއި އިންޓަނެޓް ބޭނުންކުރާ ވަގުތުތަކުގައި ބެލެނިވެރިން ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާއި، ކުދިން އިންޓަނެޓުގައި ކުރާ ކަންކަން ގާތުން މޮނީޓަރކޮށް ބެލެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މައުލޫމާތު ދީފައެވެ.

މީގެއިތުރުން، ޕޭރެންޓަލް ކޮންޓްރޯލް ނުވަތަ ޕޭރެންޓަލް ލޮކް ބޭނުންކޮށްގެން ކުދިންގެ ޑިވައިސްތައް ބެލެހެއްޓުމާއި، ސައިބަރ ބުލީއިންގ އިން ކުދިން ރައްކާތެރިކުރާނެ ގޮތްތައް ބެލެނިވެރިންނަށް ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ފުރައްސާރަތައް ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި، ޑިޖިޓަލް ޒަމާނުގައި ދަރިންގެ އަޚްލާޤު ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މި ސެޝަނުގައި އަގުހުރި މަޢުލޫމާތުތަކެއް ވަނީ ޙިއްޞާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450