Ads by Farudhun

ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން. ފޮޓޯ: ބީއެމްއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2026، 06:30

22 ސެޕްޓެމްބަރު 2026، 06:30

މިއަހަރު ބާއްވާ ޝަރަފުވެރި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

މި އެވޯޑު ދިނުމުގެ ގޮތުން ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ހަފްލާ އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑެވެ. ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގެ މިފަދަ ބޮޑު ހަފްލާއެއް ރާއްޖޭގައި އެންމެ ފަހުން ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.

މި ހަފްލާއާ ގުޅޭގޮތުން ބީއެމްއެލްއިން ބުނީ، ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި އިވެންޓުގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުން ބައިވެރިވާނެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ވެސް މި ހަފްލާގައި ބައިވެރިވާނެއެވެ.

ބީއެމްއެލް އާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބޭންކަށް ފަހިވެގެންދާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450