Ads by Farudhun

ޚަބަރު

ވަރަ އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

ވަރަ އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި

ވަރަ އެކްސްޕޯގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުން---

farudhun logo

ފަރުދުން

22 ސެޕްޓެމްބަރު 2026، 07:06

22 ސެޕްޓެމްބަރު 2026، 07:06

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ "ވަރަ އެކްސްޕޯ 2026" ގެ މީޑިއާ ޕާޓްނަރަކަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް، ޑރ. އަބްދުﷲ ނަޒީރެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ ވަރަ އެކްސްޕޯއާ ގުޅޭ އެންމެހައި މަޢުލޫމާތާއި ޚަބަރުތައް، ޕީއެސްއެމްގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި އަހަރުގެ ނޮވެންބަރު މަހުގެ 26 އިން 28 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމީ ވަޒީފާގެ ބާޒާރުގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަށް ބާއްވާ ހަރަކާތެކެވެ. 

މީގެއިތުރުން، "ވަރަ" އެކްސްޕޯގެ އެންމެ މައިގަނޑު އެއް ބޭނުމަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތަޢުލީމު ހާސިލުކުރަން ބޭނުންވާ ފަރާތްތަކުގެ އިތުރުން ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، ފަންނީ ތަމްރީނު ދޭ މުއައްސަސާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450