Ads by Farudhun

ޚަބަރު

އިމާމުންނާއި ޚަޠީބުންގެ ފޭރާން: ދިވެހިވަންތަ އިސްލާމީ ޙަޟާރަތް ދައްކުވައިދޭނެ

އިމާމުންނާއި ޚަޠީބުންގެ ފޭރާން: ދިވެހިވަންތަ އިސްލާމީ ޙަޟާރަތް ދައްކުވައިދޭނެ

އިމާމުންނާއި ޚަޠީބުންގެ ފޭރާންކޮޅުގެ ވަގުތީ ޑިޒައިން. ފޮޓޯ: ޑރ. ޝަހީމް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 09:23

23 ސެޕްޓެމްބަރު 2026، 09:23

އިމާމުންނާއި ޚަޠީބުންގެ ފޭރާންކޮޅު ފަރުމާކުރުމުގައި ބަލަނީ އާސާރީ މިސްކިތްތަކާއި ތާރީޚުން ފެންނަން ހުރި ދިވެހިވަންތަ އިސްލާމީ ޙަޟާރަތުގެ ބަހާތަކުގެ މައްޗަށް ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިމާމުވެ ހުކުރު ނަމާދާއި އީދު ނަމާދު ކުރައްވާ ބޭފުޅުންނާއި، އާންމުކޮށް އިމާމުކަމުގެ ވަޒީފާގައި އުޅުއްވާ ބޭފުޅުން ނަމާދު ކުރައްވާ ވަގުތުތަކުގައި ތުރުކުރައްވާނެ ހާއްސަ ޑްރެސް ކޯޑެއް ތައްޔާރުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވާފައިވާއިރު، ވަޒީރު ޑރ. ޝަހީމް ވަނީ މި ފޭރާމުގެ ވަގުތީ ޑިޒައިން ފޭސްބުކް މެދުވެރިކޮށް ހިއްސާކުރައްވާފައެވެ. 

ވަޒީރު ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި، ފަރުމާކޮށްފައިވާ ހެދުމާއި ބޮލުގައި އަޅާ ތާކިހަލުގައި ހުރީ ދިވެހިވަންތަ ސިފަތަކެކެވެ. 

ވަޒީރު ވިދާޅުވީ، މިކަން ނިމިގެންދާން ބޭނުންފުޅުވެލައްވަނީ ވީހާ ވެސް ގިނަ ޚިޔާލުތަކާއެކު އުފެދޭ ނަތީޖާއެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް މިކަން ހެދުން ކަމަށެވެ. އަދި އެ ޑިޒައިންތަކުގައި، ރާއްޖޭގެ ތާރީޚާއި ސަގާފަތުގެ އަސަރު ހިމެނުން މުހިންމުކަން ފާހަގަކުރެއްވިއެވެ. 

އަދި ވުޒާރާގެ އަމާޒަކީ އަންނަ ރޯދަ މަހަށް ތަންފީޒުވާ ގޮތަށް މި މަސައްކަތް ނިންމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަން މި ކުރަނީ ރާއްޖޭގެ ސަގާފަތާއި ތާރީޚު ދެމެހެއްޓުމަށާއި ރާއްޖޭގެ ދީނީ ސަގާފަތުގެ ތެރެއަށް ވަދެގެންދާ ބިދޭސީ އާދަކާދައިން ސަލާމަތްވާނެ ގޮތަށް މިފަދަ ކަމެއް ކުރުމަށް. ރާއްޖޭގައި އިމާމުންނާއި ޚަޠީބުންނަށް ޚާއްޞަ ރަސްމީ ފޭރާމެއް ހެދިފައެއް ނޯވޭ." 

ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، އިމާމުންގެ ޑްރެސް ކޯޑު ތައާރަފުކުރުމާއި ޒުވާން ޚަޠީބުން ބިނާކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މިސްކިތްތަކުގެ ހައިބަތު ބޮޑުކޮށް، ދީނީ ދަޢުވަތުގެ މަސައްކަތްތަކަށް އައު ދިރުމެއް ގެނުވައިދޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450