Ads by Farudhun

ޚަބަރު

ހިންމަފުށީ އެފްއާރުސީ މަޝްރޫއުގެ ދަށުން ބިން އެއްވަރުކުރުމުގެ މަސައްކަތް ފަށައިފި

ހިންމަފުށީ އެފްއާރުސީ މަޝްރޫއުގެ ދަށުން ބިން އެއްވަރުކުރުމުގެ މަސައްކަތް ފަށައިފި

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 11:28

23 ސެޕްޓެމްބަރު 2026، 11:28

ކ. ހިންމަފުށީ އެފްއާރުސީ މަޝްރޫއުގެ ދަށުން ބިން އެއްވަރުކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން މިކަން ހާމަކުރެއްވީ، މަޝްރޫއުގެ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޮސްޓެއްގެ ޒަރިއްޔާއިންނެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނިން ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއެކު ސޮއިކޮށްފައި ވަނީ 16 އޮކްޓޯބަރު 2025 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން 10 ރަށެއްގައި 11 މަޝްރުއެއް ހިންގުމަށް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.



ހަށިހެޔޮ، ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމައުތަކެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އިމާރާތްކޮށް ނިންމައި، ރައްޔިތުންނަށް އެތަންތަނުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450