Ads by Farudhun

ޚަބަރު

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް، އެފްއޭއޯގެ މަންދޫބާ ބައްދަލުކުރައްވައިފި

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް، އެފްއޭއޯގެ މަންދޫބާ ބައްދަލުކުރައްވައިފި

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް އެފްއޭއޯގެ މަންދޫބާއި ބައްދަލުކުރެއްވުން. ފޮޓޯ: ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2026، 02:46

23 ސެޕްޓެމްބަރު 2026، 02:46

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިމްލެންދްރަ ޝަރަން އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ "އެ ހޮލިސްޓިކް އެޕްރޯޗް ޓު އެގްރިކަލްޗަރަލް ފުޑް ސިސްޓަމްސް ރެޒިލިއަންސް އެންޑް އެޑެޕްޓޭޝަން" މަޝްރޫޢު އިފްތިތާޙު ކުރުމަށް އެފްއޭއޯގެ މަންދޫބު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން އެކުއާކަލްޗަރގެ ދާއިރާތައް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މިހާރު ކުރިއަށްދާ ގުޅިފައިވާ މަސައްކަތްތަކާއި، ވަސީލަތްތައް ހޯދައި ބޭނުންކުރުމާ ބެހޭގޮތުންނެވެ.



މީގެއިތުރުން، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކާއި އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީއާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރާއި އެފްއޭއޯ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ އަޒުމް މި ބައްދަލުވުމުގައި ވަނީ އައުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450