Ads by Farudhun

ޚަބަރު

ހުޅުމާލޭގައި ސައިކޭޓްރީ ހޮސްޕިޓަލެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

ހުޅުމާލޭގައި ސައިކޭޓްރީ ހޮސްޕިޓަލެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

ހުޅުމާލެ / ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2026، 04:00

23 ސެޕްޓެމްބަރު 2026، 04:00

ހުޅުމާލޭގައި 50 އެނދުގެ ސައިކޭޓްރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން ބީލަމަށް ހުޅުވާލައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި އެ ޤަވާއިދުގެ އިޞްލާޙުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ގެ ދަށުން ރަޖިސްޓަރީވެފައިވާ GC01 ގެ ގްރޭޑް 1، 2، 3، 4، 5، 6 ނުވަތަ 7 އަށް ޝަރުޠުހަމަވާ ކޮންޓްރެކްޓަރުންނަށެވެ. އަދި މި މަސައްކަތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް ޢަމަލުކުރެވޭނެއެވެ.

ބީލަމުގައި ބައިވެރިވުމަށްޓަކައި 1,500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. މި ފައިސާ 23 ސެޕްޓެންބަރު 2026 އިން 20 އޮކްޓޫބަރު 2026 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް "ބަނޑޭރި ޕޭ" މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 24 ސެޕްޓެންބަރު 2026 އިން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 864,000 ރުފިޔާ ހުށަހަޅަންޖެހޭއިރު، މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން 7 އޮކްޓޫބަރު 2026 ވާ ބުދަ ދުވަހުގެ 10:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސުވާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 8 އޮކްޓޫބަރު 2026 ގެ 13:00 އެވެ.

މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ބީލަން ޕޯޓަލް މެދުވެރިކޮށް 25 އޮކްޓޫބަރު 2026 ގެ 13:00 ގެ ކުރިންނެވެ. އަދި ބިޑު ހުޅުވުން އޮންނާނީ 26 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައެވެ. ބީލަން ހުށަހެޅޭނީ ބީލަން ޕޯޓަލްގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށްވާތީ، ބިޑު ހުށަހެޅުމުގެ މަދުވެގެން 3 ދުވަސް ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރަން ޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450