Ads by Farudhun

ޚަބަރު

ސައުދީ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ސައުދީ ސަފީރު ފާހަގަކުރައްވައިފި

ސައުދީ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ސައުދީ ސަފީރު ފާހަގަކުރައްވައިފި

ސައުދީ އެމްބެސެޑަރ ރައީސުލްޖުމްހޫރިއްޔާ އަރިހަށް ޒިޔާރަތްކުރެއްވުން (6 ޖުލައި 25) / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

23 ސެޕްޓެމްބަރު 2026، 04:34

23 ސެޕްޓެމްބަރު 2026، 04:34

ސައުދީ ޢަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ފޮނުއްވި ޚާއްޞަ މެސެޖެއްގައި، ސައުދީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމާއި، ދެ ޤައުމުގެ އެއްބާރުލުން އިތުރަށް ފުޅާވަމުން އަންނަކަން ހާމަކުރައްވައިފިއެވެ.

ސަފީރުގެ މެސެޖުގައި ރާއްޖޭގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުން ވިދާޅުވީ، ސައުދީގެ ޤައުމީ ދުވަހަކީ މަރުޙޫމް ރަސްގެފާނު ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން އަލް ސަޢޫދުގެ ޒަޢާމަތުގައި އެ ޤައުމު އެއްބައިވަންތަކުރެވުނު ތާރީޚީ ދުވަސް ހަނދާންކޮށް، ޤައުމުގެ ތަރައްޤީ އާއި ކުރިއެރުމުގެ ދަތުރު ފާހަގަކުރާ މުހިންމު މުނާސަބަތެއް ކަމަށެވެ.

މީގެއިތުރުން، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދު އަދި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ ލީޑަޝިޕްގެ ދަށުން، 'ސައުދީ ވިޜަން 2030' ގެ ދަށުން އިޤްތިޞާދު ސިންދަފާތުކުރުމާއި، އިންވެސްޓްމަންޓް، އިނޮވޭޝަން، ޓެކްނޮލޮޖީ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެ ޤައުމު ހޯދަމުންދާ ބޮޑެތި ކުރިއެރުންތަކަށް ސަފީރު އަލިއަޅުއްވާލެއްވިއެވެ.

ދެ ޤައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު އަލްޤަޙްޠާނީ ވިދާޅުވީ، އިސްލާމީ އުޚުއްވަތްތެރިކަމާއި އިޙްތިރާމްގެ މައްޗަށް ބިނާވެފައިވާ މި ގުޅުމާމެދު ސައުދީން ފަޚުރުވެރިވާ ކަމަށެވެ. އަދި ސިޔާސީ، ތަރައްޤީ، އިޤްތިޞާދީ، ތަޢުލީމީ އަދި އިސްލާމީ ދާއިރާތަކުން މަތީ ފަންތީގެ ގުޅުންތައް ދަނީ ބަދަހިވަމުން ކަމަށް ވިދާޅުވިއެވެ.

ޚާއްޞަގޮތެއްގައި ތަރައްޤީގެ ދާއިރާއިން ދެވޭ އެހީތައް ފާހަގަކުރައްވަމުން، 1978 ވަނަ އަހަރުން ފެށިގެން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ރާއްޖޭގެ އުމްރާނީ ތަރައްޤީ، ބޯހިޔާވަހިކަން، ޞިއްޙަތު، ފެނާއި ނަރުދަމާ އަދި ދަތުރުފަތުރުގެ ދާއިރާގެ އެކި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 488 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރު ހާމަކުރެއްވިއެވެ.

ރާއްޖެއިން އަބަދުވެސް ސައުދީއާއެކު ބަހައްޓާ އަޚުވަންތަ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވަމުން، ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ކުރިމަގުގައިވެސް ވިޔަފާރި، އިންވެސްޓްމަންޓް، ތަޢުލީމު، ޓެކްނޮލޮޖީ އަދި ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ސައުދީން ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން، ސަފީރުގެ މެސެޖު ނިންމަވާލެއްވީ ދެ ޤައުމަށް އަމަންއަމާންކަމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450